ދުނިޔެ

ޗައިނާގެ ދިފާއީ ވަޒީރު އަންނަ ހަފުތާގައި ރަޝިއާއަށް

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ -- ރަޝިއާއަށް ވަޑައިގެން ދެ ގައުމުގެ މަސްލަހަތާ ބެހޭ މަޝްވަރާކުރައްވާނެ
100%
0%
0%

ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޫގަޅުއްވާފައި ހުންނެވި ވަގުތެއްގައި، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ރަޝިއާއަށް ވަޑައިގަންނަވަނީ އެވެ.

ވާންގް ޔީގެ މި ދަަތުރުގައި ރަޝިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ އެވެ. ޗައިނާގެ ޚާރިޖީ ވުޒާރާާއިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ،

ރަޝިއާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ މި ވާންގް ޔީގެ މި ދަތުރާ ބެހޭ ގޮތުން ޚަބަރަށް މައުލޫމާތުދީފަ އެވެ. މި ގޮތުން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އާއި ވާންގްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ވާންގް ޔީ ރަޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ތާރީޚަކީ މާޗް 31 - އޭޕްރީލް 2، 2025 އަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ވަޒީރުންގެ މައިގަޑު މަޝްވަރާތައް ބިނާކުރައްވާނީ ދެ ގައުމުގެ މަސްލަހަތަށެވެ. ނަވަވެސް، ދުނިޔޭގެ ސިޔާސަތަށް އަލިއަޅުއްވާލައްވާނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިޔަފާރި ސިޔާސަތުތަކާއި، ޔުކްރޭން ސުލްހައިގެ ރޭވުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ހުށަހަޅާފައި ހުރި ޝަރުތުތަކާ މެދު ޗައިނާއަށް ފެންނަ ގޮތް ރަޝިއާއަށް ބުނެދޭނެ އެވެ. އަދި އެެމެރިކާ ޖަހާ މަޅިތަކުން ސަލާމަތްވުމަށް ހުޝިޔާރުވުމަށް ރަޝިއާއަށް ބުއްދިލައިދޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910