ޖިންސީ ގޯނާ

ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އުތުރުގެ ރަށެއް
0%
0%
0%

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގެ މީހެކެވެ.

ހައްޔަރުކުރި މީހާ އަކީ އަންހެން ކުއްޖާގެ ގެއަށް ގޮސް އުޅޭ އެ ގޭގެ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށްވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ އެއް ދުވަހަށް ވުރެ ގިނަ ދުވަހު އަންހެން ކުއްޖާއަށް އެކި ތަންތަނުން ޖިންސީ ގުނަވަން ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިމައްސަލައިގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މައުލޫމާތު ހާމަވެ، ކުއްޖާއަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910