ދުނިޔެ

އައިސީސީ ސިޔާސީވެއްޖެ، މެމްބަރުކަން ދޫކޮށްލައިފިން: އޯބަން

ވިކްތަރު އޯބަން (ކަނާތުގައި) އަދި ބެންޖަމިން ނަތަންޔާހޫ -- ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރަކީ ސިޔާސީ އަމުރެއް ކަމަށް އޯބަން ވިދާޅުވި
0%
0%
0%

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) މާ ބޮޑަށް ސިޔާސީވެއްޖެ ކަމަށް ވިދާޅުވެ، މެމްބަރުކަން ދޫކޮށްލައިފިން ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރު އޯބަން ވިދާޅުވެއްޖެ އެވެ.

އޯބަން ވިދާޅުވި ގޮތުން މިނިވަން އަދި މުސްތަގިއްލު އޮނިގަނޑެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އައިސީސީ މިހާރު ވަނީ ސިޔާސީ ކުނިގޮނޑަކަށެވެ. އަދި ސިޔާސީ ގޮތުން ބަރުދަނެއް ނެތް ކަންކަމުގައި އައިސީސީ މާ ބޮޑަށް މަސްއޫލްވާ ކަމަށް ހަންގޭރީގެ ބޮޑުވަޒީޜު ވިދާޅުވި އެވެ.

ހަންގޭރީގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަދެއްކެވިއިރު، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުޅުއްވަނީ ރަސްމީ ދަތުރެއްގައި އެ ގައުމުގަ އެވެ. އަދި ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އޮތީ ކޯޓު އަމުރެއްވެސް ނެރެފަ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޯބަން ވިދާޅުވީ އައިސީސީގައި ބައިވެރިވާން ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ ވެސް ބޮޑުވަޒީރު ކަމަށެވެ. އަދި މެމްބަރުކަން ދޫކޮލަން ސޮއިކުރައްވަނީ ވެސް ބޮޑުވަޒީރު ކަމަށެވެ.

އައިސީސީ ސިޔާސީ ވެފައި އޮތް ވަރު ވިދާޅުވަމުން އޯބަން ވިދާޅުވީ ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރަކީ ސިޔާސީ އަމުރެއް ކަމަށެވެ.

ނަމަވެސް، ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ ފަލަސްތީންގެ ޣައްޒާގައި ނަސްލު ނައްތާލަށް ދުރާލާ ރާވައިގެން ޔަހޫދީން ހިންގާ އެޖެންޑާގެ ސަބަބުންނެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 52،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ ޣައްޒާ މުޅިން ހުސްކޮށް ބިން ޖަހައިގަތުމަށް ޔަހޫދީން ހިންގާ އަމަލެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910