ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ވަޒަންތައް ފެނުނީ ރޭ ވީއައިއޭ އިން ފުރަން ދިޔަ ބިދޭސީއެއްގެ އަތުންނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.