ހަބަރު

ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ނުރަސްމީ ދަތުރަކަށް ވާތީ އެ ދަތުރުގެ ތަފްސީލްތަކެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިއީ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއަށް ފަހު އެމަނިކުފާނު ބޭރަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ތައިލެންޑަށާއި ސިންގަޕޫރަށް އެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.