ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑިއާއި އެއްގޮތަށް މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ބަދަލުކޮށްފި އެވެ.
މިއަދުން ފެށިގެން އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.
އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި މީގެކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ގެނައި މި ބަދަލާއެކު މަސައްކަތުގެ ގަޑި 8 ގަޑިއިރުން 6 ގަޑިއިރަށް ވަނީ ކުރުވެފަ އެވެ.
އިމިގްރޭޝަނުން ބުނީ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައި ނަމަވެސް އެ އިދާރާ އިން އާންމުންނަށް އެކި ކަންކަމުގައި ހިދުމަތް ދެމުންދާ ގަޑިތަކަށް އަދި ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.