އިމްރާން އަބްދުﷲ

މި ވެރިކަމުން ލިބެނީ ގެއްލުން، މިންޖުވާން އެބަޖެހޭ: އިމްރާން

އިމްރާން އަބްދުﷲ -- ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގައުމަށް ލިބެނީ ގެއްލުން ކަމަށާއި މިކަމުން މިންޖުވާންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކު އެތައް ގެއްލުމެއްވާ ކަމަށެވެ.

"ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް.، މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފަ އެވެ.

އޭގެ ފަހުން ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަ ކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910