އަލިފާން

ހުޅުމާލޭ "ބޮމްބޭ ދަރުބާރު"ގެ ބަދިގެ އަނދައިފި

Mar 25, 2016
1

ހުޅުމާލޭގައި ހުންނަ "ބޮމްބޭ ދަރުބާރު" ރެސްޓޯރަންޓްގައި އަލިފާން ރޯވެ ގެއްލުންތައް ލިބިއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ބޮމްބޭ ދަރުބާރުގައި އަލިފާން ރޯވީ ރޭ ދަންވަރު 3:40 ހާއިރު އެވެ. ނަމަވެސް އެ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށް ކުޑަވަގުތުކޮޅެއްގެ ތެރޭ އަލިފާން ނިއްވާލާފަ އެވެ.

ރޭ އަލިފާން ރޯވީ ބޮމްބޭ ދަރުބާރު ރެސްޓޯރަންޓްގެ ބަދިގޭގައެވެ. އަލިފާން ރޯވުމުގެ ސަބަބުން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބި އަނދާފައެވެ.