ޑރ. މުހައްމަދު މުއިއްޒު

ޖެނެރޭޝަން ބޭން ކަނޑައަޅަން ކެބިނެޓްގައި މިއަދު މަޝްވަރާކުރަނީ

0%
0%
0%

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް "ޖެނެރޭޝަނަލް ބޭން" ކަނޑައެޅުމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022 ސާވޭ އިން ދައްކާ ކަމަށެވެ.

ރައީސް ވިދާޅުވީ ބަލިތަކާއި ގުޅިގެން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހެދިފައިވާ އެހެން ސާވޭއަކުން 15 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 21.8 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ދައްކާ ކަމަށާއި ދުނިޔޭގެ ފެންވަރުގައި ހެދިފައިވާ ސާވޭތަކުން މުޅި ދުނިޔޭގައި ސްކޫލު އުމުރުފުރާގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިން ދުންފަތް ނުވަތަ ނިކޮޓިން ބޭނުންކުރާ ކަމަށް ދައްކާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ އާބާދީއަކީ 411،741 ދިވެހިން ކަމަށާއި މިއީ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއް ރައީސް ވިދާޅުވި އެވެ.

"މި 411،741 ދިވެހިންގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައި ތިބި އަދި މިހާތަނަށް މަރުވެފަ ތިބި މީހުން އުނިކޮށްފަ ބަލާއިރުގައި އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގެ މި ވަގުތުގެ އާބާދީގެ 30.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ދުރުކުރުމަށް ޖެނެރޭޝަން ބޭން ގެނައުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅާނެ ގޮތަކާ މެދު ރައްޔިތުންގެ ހިޔާލަށް ރަައީސް މުއިއްޒު މިމަހު އާންމުންގެ ހިޔާލަށް ހުޅުވާލެއްވި އެވެ.

ރައީސް މުއިއްޒު ހުށަހަޅުއްވާ ގޮތްތައް:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

އާންމުންގެ ހިޔާލު ހޯދުމުގެ ޕޯލްގައި ގިނަ ބަޔަކު އެއްބަސްވީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ފެންނަ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910