މޯލްޑިވްސް އިމިގްރޭޝަން

ޝަމްއާން، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަވެސް ހައިކޯޓަށް

ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު
0%
0%
0%

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ދާދިފަހުން ވަކިކުރި މުހައްމަދު ޝަމްއާންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މިދިޔަ ހަފްތާގައެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21 ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ދިން މައްސަލަވެސް ޝަމްއާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކުު ހައި ކޯޓުން ފުރަތަމަ ނިންމީ އެ އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. އެކަމަކު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ފަހުން ވަނީ އެ މައްސަލަ ބަލައިގަންނަން ނިންމާފަ އެވެ.

ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000 ރުފިޔާ ނެގި މައްސަލަ އެވެ.

ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000 ރުފިޔާއާ އެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށްފަހު އެވެ.

ފުލުހުން ބުނީ އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910