ދުނިޔެ

އައިއެސްގެ އަތްދަށުން ސީރިޔާގެ ސިފައިން ޕާލްމީރާ ހިފައިފި

ސީރިޔާގެ ސިފައިން، ރަޝިޔާއިން ފޯރުކޮށްދިން ވައިގެ ހަމަލާގެ އެހީގައި، އައިއެސް އިން މިދިޔަ އަހަރު މޭގައި ހިސޯރު ކުރި ޕަލްމީރާ ހިފައިފި އެވެ. ސީރިޔާގެ ލަޝްކަރީން ޕަލްމީރާ ނަގާފައިވަނީ، މިދިޔަ ދުވަސްތަކުގެ ތެރޭގައި، ބޮޑެތި ކުރިމަތިލުންތަކަކަށް ފަހުއެވެ.

ސީރިޔާގެ ބާރުތަކުން ޕަލްމީރާ ނަގާފައިވާ ކަމަށް ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ އިންނާއި، ހަނގުރާމަ މޮނިޓާ ކުރަމުން އަންނަ ޖަމިއްޔާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސީރިޔާގެ ރަސްމީ ނޫސްއޭޖެންސީ އިން ވަނީ، މިލިޓަރީ ސޯސް އެއް ގެ ފަރާތުން ކަށަވަރުކޮށް، މުޅި ޕަލްމީރާ އައިއެސް ގެ އަތް ދަށުން ނަގާފައިވާ ކަމަށް ބުނެފައެވެ.

ސީރިޔާގެ ހަނގުރާމަ މޮނިޓާ ކުރަމުން އަންނަ އިނގެރޭސި ވިލާތުގެ ޖަމިއްޔާއަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސީރިޔާއިން ޕަލްމީރާ ނަގާފައިވާ ކަމަށާއި، ނަމަވެސް އިރު މަތީ ފަރާތުން އަދިވެސް ހަމަލާތަކެއް ދެފަރާތުނެ ދެމުންދާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ބުނެފައިވަނީ ، އައިއެސްގެ ގިނަ ހަނގުރާމަވެރިން ޕަލްމީރާއިން ބޭރު ވެއްޖެ ކަމަށެވެ.

ޕަލްމީރާއަކީ ކުރީގައި ، ބައިނަލް އަގްވާމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ޓޫރިސްޓް އެޓްރެކްޝަނެކެވެ. ނަމަވެސް މިދިޔަ އަހަރު މޭގައި އައިއެސް އިން ޕަލްމީރާ ހިސޯރު ކޮށް ވަނީ ހަލާކު ކޮށް ހަދާފައެވެ.