ވިޔަފާރި

އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިފި

އޫރިދޫއިން ދޭ ހިދުމަތްތައް ތަޖުރިބާ ކުރުމަށް، އާ "އެކްސްޕީރިއަންސް ސެންޓާ" އެއް ހުޅުވައިފި އެވެ.

މިރޭ މަޖީދީމަގުގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިދެއްވީ އެކުންފުނީގެ އެމްބަސިޑަރު އަދި ގައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަން އަލީއަޝްފާގު އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު (ނޫރާ) ވިދާޅުވީ އާ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ތަޖުރިބާކޮށްލާނެ ތަފާތު ކަންތައްތަކެއް ތައާރަފް ކުރަން ކަމަށެވެ.

ނޫރާ ވިދާޅުވީ މި ސެންޓަރުން ކަސްޓަމަރުންނަށް "ކުއިކް ކައުންޓާސް" ގެ ހިދުމަތް ލިބޭނެ ކަމަށާއި އެގޮތުން އަވަހަށް ބޭނުންވާ ހިދުމަތްތައް އެއްވެސް ކިއުއެއްގައި ނުޖައްސާ ހޯދައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި އެކްސްޕީރިއަންސް ޒޯން އިން އަލަށް ތައާރަފް ކުރާ ޑިވައިސްތަކާއި ހިދުމަތްތަށް ވަގުތުން އެކްސްޕީރިއަންސް ކޮށްލެވޭ އިރު އޫރިދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ލައުންޖެއްވެސް ގާއިމް ކުރެވިފައިވާނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

"އުރީދޫ އެކްސްޕީރިއަންސް ޒޯންތައް އިތުރުކޮށް ފެންވަރު ރަނގަޅު ކުރަމުން މިދަނީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދޭން. އަދި ކަސްޓަމަރުންނާއި ގާތުން ވާހަކަދައްކައި ފީޑް ބެކް ހޯދަން،" ނޫރާ ވިދާޅުވި އެވެ.

މިރޭ ހުޅުވި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުންނަނީ މަޖީދީމަގު ކުރީގެ ސިޓީ ކައުންސިލް ކުރިމަތީގަ އެވެ. ނޫރާ ވިދާޅުވީ މި ސެންޓަރުވެސް ކުރީގެ އެކްސްޕީރިއަން ސެންޓަރު ފަދައިން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ހެނދުނު ނުވައަކުން ރޭނގަޑު 10 އަކަށް ހުޅުވައިފަ ހުންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ދެ އަކުން 10 އަކަށްވެސް މި ސެންޓަރުން ހިދުމަތް ދޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.