މަސްތުވާތަކެތި

ތިން ކިލޯ ހެރޮއިން ލަންކާއަށް އެތެރެކުރަން އުޅުން ހަތަރު ދިވެހިން އަތުލައިގަނެފި

ސްރީ ލަންކާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ތިން ކިލޯ ހެރޮއިން އެތެރެކުރަން އުޅުން ހަތަރު ދިވެހިންނާއި ސްރީލަންކާ ތިން މީހަކު ސްރީލަންކާއިން އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

ލަންކާގެ އަޑަޑަރަނަ ނޫހުގައި ބުނެފައި ވަނީ އެ ގައުމުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ލަންކާއަށް ތިން ކިލޯ ހެރޮއިން އެތެރެ ކުރަން އުޅުން ހަތަރު ދިވެހިންނާއި ލަންކާގެ ތިން މީހުން އަތުލައިގަނެފައިވާ ކަމަށެވެ. ނަމަވެސް މީގެ އިތުރު ތަފްސީލުތައް އެ ނޫހުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް ލިބިފައި ނުވެއެވެ.

ދާދިފަހުން ރާއްޖޭގެ ކަސްޓަމްސް އިން ވެސް ވަނީ ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކުވެސް ހައްޔަރުކޮށްފަ އެވެ.