ހަބަރު

ޑްރަގާއެކު ލަންކާއިން ތިން ދިވެހިން ހައްޔަރުކޮށްފި

Feb 25, 2020

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ރޭ ސްރީލަންކާގައި ތިން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އެ ރިޕޯޓުތައް ބުނާ ގޮތުން، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލަ އިން ހަތަރު ކިލޯގެ ހެރޮއިންއާއެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި 26 އަހަރާއި 28 އަހަރާ ދެމެދުގެ ތިން ދިވެހިން ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އަދި އެ މީހުން ބޭނުންކުރި ދެ ކާރެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެ އެވެ.

ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދުގެ ވަގުތެއްގައި މައުންޓްލެވީނިއާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުންނާ ހަވާލާދީ އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.

ދިވެހިންގެ ބޮޑު އާބާދީއެއް އޮންނަ ލަންކާގައި މަސްތަވާތަކެތީގެ އެކި މައްސަލަތަކުގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.