ދުނިޔެ

ކުށްވެރިން މަދުވެ، ނެދަލޭންޑްގެ ޖަލުތައް ބަންދުކުރަނީ

ކުށްވެރިން މަދުވުމުން ނެދަލެންޑްސްގައި ޖަލުތައް ބަންދު ކުރަން ފަށައިފި އެވެ.

ކުށްވެރިން މަދުވެގެން ޖަލުތައް ބަންދު ކުރުން މިއީ ނެދަލެންޑްސްގައި އަލަށް ކުރަން ފެށި ކަމެއް ނޫނެވެ. މީގެ ކުރިން 2013 ގައި ނެދަލަންޑްސްއިން 19 ޖަލު ބަންދުކުރިއެވެ. އެއީ ޖަލު ގޮޅިތައް ފުރާނެ ކުށްވެރިން މަދުވުމުންނެވެ. އަދި މިއަހަރުގެ، ޖުލައި ހިސާބުގައި އިތުރު ފަސް ޖަލެއް ބަންދުކުރާން ކަމުގެ ހަބަރުތައް ވެސް ދަނީ ފެތުރެމުންނެވެ. ނަމަވެސް މިއީ އެއްވެސް އޮފިޝަލަކު ކަށަވަރު ކޮށްދީފައިވާ ކަމެއް ނޫނެވެ.

ޖަލުތައް ބަންދުކުރުމުން، 2000 މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މިކަމާއި ގުޅުން ހުރި ލޯ އިންފޯސްމެންޓް ދާއިރާއިން ވަޒީފާ ލިބޭނީ 700 ވަރަކަށް މީހުންނަށް އެކަނި ކަމަށް ބައެއް އެނަލިސްޓުންވަނީ ލަފާކޮށްފައެވެ.

ނެދަލެންޑްސްއިން ޖަލުތައް ބަންދު ކުރަން ފެށީ 2004 އިށްސުރެ، އެގައުމުގެ ކްރައިމް ރޭޓް ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ. މިހާރުވެސް ނެދަލަންޑްސްގެ ކްރައިމް ރޭޓް ހަމަ ދަނީ ދަށް ވަމުނެނެވެ.

ނެދަލެންޑްސަގައި ކުށްވެރިން މަދު ވުމުގެ ސަބަބުން، ހުސް ޖަލުތައް ބަންދުނުކޮށް، ޖަލުތައް ފުރަންވެގެން އެގައުމުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. މިކަމުގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ، މިދިޔަ އަހަރު ނޯވޭއިން 240 ކުށްވެރިން ނެދަލެންޑްސްގެ ޖަލުތަކަށް ގެނައި ގެނައުމެެވެ.

ނެދަލެންޑްސްގައި ކުށްވެރިން މަދުވާ އެތަކެއް ސަބަބެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި، މަސްތުވާތަކެއްޗާއި ގުޅުން ހުރި ގާނޫނުތަށް ސްޓްރިކްޓް ނުވުން މިއީ އެއްކަމެވެ. އަދި ކުށްވެރިންނަށް ރިހެބިލިލިޓޭޝަން ސާވިސެސް ފޯރުކޮށްދީ، ކުށްވެރިން އަލުން މުޖްތަމައުއަށް ފައިދާ ކުރާ ފަރުދަކަށް ވުމަށް ޓްރެއިނިންގް ދީ ވަޒީފާ ހޯދައިދީ ބައިވަރު ކަންތައްތައް ކުރާތީއެވެ.