ހަބަރު

މެލޭޝިއާގައި އުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސް އަބުދުﷲ ޔާމީން މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ މިއަދު މެލޭޝިއާގެ ކުއަލަލަންޕޫރްގެ ގްރޭންޑް ހަޔަޓް ހޮޓެލްގަ އެވެ.

ރައީސް ޔާމީން މެލޭޝިއާގެ ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ގްރޭންޑް ހަޔަޓްގައި ބޭއްވި ހަފުލާގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފަ އެވެ. މި ހަފުލާގައި ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާދަމާ ރާއްޖެ އާއި މެލޭޝިއާ ދެމެދު ރަސްމީ ވާހަކަތަކަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.