ބޭރު ކުޅިވަރު

21 އަހަރަށް ފަހު ޖަރުމަނުން އިޓަލީ ބަލިކޮށްފި

Mar 30, 2016

ވޭތުވެދިޔަ 21 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ޖަރުމަނުން އިޓަލީގެ މައްޗަށް ރޭ ކުރި ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހީ ރެއާލް މެޑްރިޑްގެ ޓޯނީ ކްރޫސް އެވެ. އޭގެ ފަހުން ޖަރުމަނަށް ލަނޑު ޖަހައިދިނީ އަންނަ ސީޒަނުގައި ލިވަޕޫލަށް ގެންދަން އުޅޭކަމަށް އަޑުފެތުރިފައިވާ ދެ ކުޅުންތެރިން ކަމަށްވާ މާރިއޯ ގޮޓްޒޭ އާއި ޖޯނަސް ހެކްޓާ އެވެ. ފަހު ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން އާސެނަލްގެ މެސުޓް އޮޒިލް އެވެ. އިޓަލީގެ ހަމައެކަނި ލަނޑު އަލްޝާރަވޭ ޖެހީ ޖަރުމަނުން ހަތަރު ލަނު ވެސް ޖެހި ފަހުންނެވެ.

މިއީ ޖެހިޖެހިގެން ތިން މެޗުން ބަލިނުވެ ޖަރުމަނު ސަލާމަތްވި މެޗު ވެސް އެވެ. އެ ޓީމު އެންމެ ފަހުން އިޓަލީ އަތުން މޮޅުވީ 1995 ވަނަ އަހަރު އެވެ.

ރަހުމަތްތެރި މެޗެއްގައި ރޭ ޕޯޗުގަލް މޮޅުވީ ބެލްޖިއަމް އަތުން 2-1އިންނެވެ. ލަނޑު ޖެހީ ލުއިސް ނާނި އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބެލްޖިއަމަށް ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.