ދުނިޔެ

53 އަހަރު ފަހުން މިޔަންމާގައި ޑިމޮކްރެޓިކް ރައީސަކު ހުވާކޮށްފި

މިލިޓަރީ ވެރިކަމަކަށް ފަހުން، 53 އަހަރު ފަހުން މިއަންމާގައި ޑިކޮމްރެޓިކް ރައީސެއްގެ ގޮތުގައ ޓިން ހައި ޔޯ ވަނީ މިއަދު ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ.

ޓިން ހައި ޔޯ ރައީސްކަމަށް ހުވާ ކުރެއްވިނަމަވެސް، މިޔަންމާގެ ވެރިކަން ކުރަމުން އަންނަ ޕާޓީގެ ރައީސް އަންގް ސަން ސޫ ޗީ ވިދާޅުވެފައިވަނީ، ސަރުކާރު ހިންގުމުގައި ޓިން ހައި ޔޯ އަށް ވުރެ ބޮޑު ދައުރެއް އެކަމަނާ އަދާ ކުރައްވާނެ ކަމަށެވެ. އަންގް ސަން ސޫ ޗީ އަށް ވަނީ ރައީސް ކަން ކުރެއްވުމުގެ ފުރުސަތުން މަހްރޫމް ވެފައެވެ. އެއީ އެކަމަނާ ގައުމުން ބޭރު ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުޅުވުއްމުގެ ސަބަބުންނެވެ.

ޓިން ހައި ޔޯގެ ސަރުކާރުގައި، ހާރިޖީ ވަޒީރުކަން ކުރައްވާނީ އަންގް ސަން ސޫ ޗީ އެވެ.

ޓިން ހައި ޔޯ އަކީ އަންގް ސަން ސޫ ޗީގެ ގާތް ރަހުމަތްތެރިޔެއްގެ އިތުރުން، އެކަމަނާގެ ވަރަށް ގާތުގައި ގެނގުޅުއްވި އެޑްވައިޒަރެއް ވެސް މެއެވެ. އަދި ވެރިކަން ކުރަމުން އަންނަ ޕާޓީގައި ވެސް އިސް ދައުރެއް އަދާ ކުރެއްވުމުގެ އިތުރުން، ގިނަ ދުވަސްތަކެއް ޕާޓީގައި އުޅުއްވި ބޭފުޅެކެވެ.

ޓިން ހައި ޔޯ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، މިޔަންމާގެ މިލިޓެރީ އޮފިޝަލުން ވިދާޅުވެފައިވަނީ، ރައީސްއަކު އިންތިހާބު ކުރިޔެއް ކަމަކު، މިޔަންމާ ހިންގުމުގައި މިލިޓަރީ އިން އިސް ދައުރެއް އަދާ ކުރާނެ ކަމަށެވެ.