ކުޅިވަރު

އެލައިޑުން ކޮކާކޯލާ ލޯންގް ރަންގެ ބައިވެރިންނަށް އިންޝުއަރެންސް ކަވަރޭޖެއް!

Mar 30, 2016

ޓީއެފްޖީން އިންތިޒާމުކޮށްގެން ބާއްވާ "ކޮކާކޯލާ ލޯންގް ރަން" ގެ ހުރިހާ ބައިވެރިންނަށް އިންޝުއަރެންސް ކަވަރޭޖެއް ދީފި އެވެ.

ޓީއެފްޖީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދެވެ. އަދި ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސެއިން ޒިނާން އެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ "ކޮކާކޯލާ ލޯންގް" ރަންގައި ދުވާ ހުރިހާ މީހުންނަށް އެލައިޑްގެ އިންޝުއަރެންސް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދުވުމުގައި އެލައިޑުން ބައިވެރިވަމުން އަންނަތާ މިއީ އަހަރު ވަނަ އަހަރެވެ. އެލައިޑުގެ ޓީމެއްވެސް މި ދުވުމުގައި ބައިވެރިވެ އެވެ.

އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މީހުން ހޭލުންތެރި ކުރުވަން ބޭނުންވާ ދާއިރާއެއް ކަމަށެވެ.

"ޓީއެފްޖީން އިސްނަގައިގެން އާއްމުންނަށް މަގުފަހިވާ މިފުރުސަތުގެ ބޭނުން ހިއްޕެވުމަށް އެދެން،" ނިއުޝާދު ވިދާޅުވި އެވެ.