ސިހުރު ހެދުން

ސިހުރު ހަދާ ސާމާނު ހުޅުދެލީ ގެއަކުން ހޯދައިފި

ދ. ހުޅުދެލީގެ ގެއަކުން ސިހުރުހަދަން ބޭނުންކުރާ ސާމާނުކަމަށް ބެލެވޭ ބައެއް ތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، ހުޅުދެލީގެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.

އަދި އެގޭ ކޮޓަރިއެއްގެ ތެރެއިން ސިހުރުހަދަން ބޭނުންކުރާ ބައެއް ސާމާނުކަމަށް ބެލެވޭ އެއްޗިހިތަކެއް ނަގާފައިވާ ކަމަށެވެ. އެ ތަކެތި ފެނުފައިވަނީ އެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ ތެރޭގައި ރައްކާކޮށްފައި ހުއްޓާ އެވެ.

އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.