ދުނިޔެ

ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން ބަދަލުކުރަނީ

ކިއުބާގައި ހުންނަ ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް މިއޮތް ދެހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ބުނެފި އެވެ. އެޖަލުގައި ތިބި ގައިދީން ބަދަލުކުރަން ނިންމާފައިވަނީ ކޮން ގައުމުތަކައްކަން ހާމައެއް ނުކުރެ އެވެ.

ގުއަންޓަނާމޯ ބޭ ޖަލު ހުސްކޮށް ޖަލު ބަންދުކުރަން އެމެރިކާގެ ރައީސް ބަރަަކް އޮބާމާވަނީ ނިންމަވާފަ އެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭރު އޮބާމާ ވިދާޅުވީ، އެ ޖަލު މުޅި އެއްކޮށް ބަންދުކޮށް، ހައްޔަރީން އެމެރިކާގެ ފަސގަނޑުގައި ހުރި އެންމެ ހައި ސެކިއުރިޓީ ޖަލުތަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

އެޖަލުން ބަދަލުކުރާ ގައިދީންގެ ފުރަތަމަ ބުރުގެ ތެރޭގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ޔަމަނަށް ނިސްބަތްވާ ތޯރިް ބާ އުދާ ވެސް ހިމެނެ އެވެ. އެހަޅުތާލުގެ ސަބަބުން ތޯރިގްގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށްވެ އެވެ.

ގުއަންޓަނާމޯ ބޭ ޖަލުން ބަންދުކުރަން އޮބާމާ ނިންމެވުމާއެކު އެގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެ ބޭފުޅުން ވަނީ އެމެރިކާގެ ފަސްގަނޑުގައި ނުރައްކާތެރި ކުށްވެރިން ބެހެއްޓުމަށް ދެކޮޅު ހަދާފަ އެވެ. މިކަމުގައި އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއެވެ.

ޖަލުގައި ތިބި 37 ގައިދީއަކު ބަދަލުކުރާނެ ޖަލުތައް މިހާރު ކަނޑައަޅާ ނިންމާފައިވާއިރު ބައެއް ނޫސް އެޖެންސީތަކުން ރިޕޯޓުކުރ ގޮތުގައި އެމީހުން ބަދަލުކުރާނެ ކަމަށް ބޮޑަށް ބެލެވެނީ އެމީހުންގެ އުފަން ގައުމުތަކަށެވެ.