މޯލްޑިވްސް ޕޮލިސް ސާވިސް

ސީނިއާ ފުލުހުންނަށް ލީޑާޝިޕް ތަމްރީން ފްރޮގްރާމެއް ފަށައިފި

އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން އިންތިޒާމްކޮށްގެން ފުލުހުންގެ ސީނިއާ އެގްޒެކެޓިވް އޮފިސަރުންނަށް ލީޑަޝިޕް އެންޑް ކްރިޓިކަލް ތިންކިން ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ސްޓެލްކޯގައި ފެށި މި ޕްރޮގްރާމުގައި ބައިވެރިންނަށް ކިޔަވައިދެއްވަނީ ޕްރޮފެސާ ހަސަން އުގައިލް އެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގައި ލީޑަރޝިޕްއާ ގުޅުންހުރި ގިނަ މައުލޫމާތުގެ އިތުރުން ކްރިޓިކަލް ތިންކިންއާ ކްރިޓިކަލް ތިންކިންގގެ ކޮންސެޕްޓްތަކާއި އެނޫންވެސް އެފަދަ މައުލޫމާތު ސެޝަންތައް ނަގައިދޭނެ ކަމަށެވެ.

އެ ޕްރޮގްރާމާއި ބެހޭގޮތުން ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވީ، މަތީ ފަންތީގައި މަސައްކަތްކުރާ ފުލުހުންނަށް އެފަދަ ޕްރޮގްރާމެއް ނަގައިދިނުމުގެ މައިގަންޑު މަގުސަދަކީ އެމީހުންނަކީ ހިދުމަތްތެރި އަދި މަސައްކަތަށް ފަރުވާތރި ބަޔަކަށް ހެދުން ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން މަސައްކަތްތައް ީޑް ކުރައްވާ ބޭފުޅުންނަށް ތަރުތީބުކަމާއެކު މަސައްކަތް ކުރާނެ ގޮތުގެ އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.