އިންޑިއާ

ކޮލްކަތާގައި ބުރިޖެއް ވެއްޓި 10 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަތާގައި ބުރިޖެއް ވެއްޓި 10 މީހުން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާގައި 100 މީހުންވަނީ ގެއްލިފަ އެވެ. މަރުވި މީހުންގެ އަދަދު ކުރިއަށް އޮތްތާނގައި އިތުރުވާނެ ކަމަށް ވެސްވަނީ ލަފާކޮށްފަ އެވެ.

ކޮލްކަތާ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ބުރިޖު ވެއްޓުނީ އެތައް ވެހިކަލެއް ދަތުރުކުރަމުން ދިޔަވަގުތެއްގަ އެވެ. އަދި މި ބުރިޖު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާތާ މިހާރު ފަސް އަހަރު ވަނީ ވެފަ އެވެ.

ފުލުހުން ބުނީ ގެއްލުނު ގިނަ މީހުން ވެހިކަލްތަކުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި ބްރިޖުގައި މަސައްކަތް ކުރަން ތިބި މީހުން ވެސް ވެއްޓިފައިވާ ބުރިޖުގެ ބައިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ރެސްކިއު ވޯކާސް މިހާރު ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގައި އިމާރާތްތައް ވެއްޓުން ފަދަ ހާދިސާތައް ވެސް ހިނގާ މިންވަރު ފަހަކަށް އައިސް ނިސްބަތުން ގިނަ އެވެ. އަދި އެގައުމަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކުޑަ ގައުމެއްގެ ގޮތުގައި ވެސް އޮންނަނީ ބެލެވިފަ އެވެ.