މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލްއާއެކު ވަޓިކާގެ ވިޔަފާރި ރަނގަޅުވެއްޖެ

Apr 4, 2016
3

މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ވަޓިކާ ބާވަތްތަކުގެ ވިޔަފާރި ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށް އެމްއެޗްއޭއިން ބުނެފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސާ ވަޓިކާ ސްޓައިލިން ޖެލް އާއި ކްރީމް ވިއްކާ އެމްއެޗްއޭގެ މާކެޓިން މެނޭޖަރު މުހައްމަދު ހިލާލް ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސާގައި ވަޓިކާ އިޝްތިހާރު ކުރަނީ ކުރިން މީގެ ބައެއް ވައްތަރުތައް އާއްމުންނަށް މާބޮޑަށް ނޭނގޭ އެއްޗަކަށްވުމުން ކަމަށެވެ.

"ކުރިން މާބޮޑަށް މީހުންނަކަށް ނޭނގެ ވަޓިކާއެއް. އެކަމަކު މިހާރު ގިނަ ބަޔަކަށް އެނގިއްޖެ. ވަޓިކާގެ ހުރިހާ ޕްރޮޑަކްޓަކެއް މާކެޓެއް ނުކުރެވޭ. ނަމަވެސް މިކަހަލަ ޕްރޮގްރާމަކުން ވިޒިބަލް ހައިވޭ. އެހެންވެ މިގޮތަށް އިޝްތިހާރު ކުރީ،" ހިލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޓިކާގައި 100 އަށްވުރެ ގިނަ ޕްރޮޑަކްޓް ހުރިއިރު، މި މޯލްޑިވިއަން އައިޑޮލްގެ ސަބަބުން "ވަޓިކާ" ބްރޭންޑް އިޝްތިހާރު ވެއްޖެ ކަމަށެވެ.

"ވަރަށް ރޭންޖް ބޮޑު ވަޓިކާގެ. މަދު އެއްޗެއް މި އެނގެނީ އަޅުގަނޑުމެންނަށް. އެހެންވެ މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ވަރަށް ބޮޑަށް ވިޔަފާރި ރަނގަޅު،" ހިލާލް ވިދާޅުވި އެވެ.

އެމްއެޗްއޭއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ގެންދާ އެއް ކުންފުންޏެވެ.