ދުނިޔެ

13 ޕޭޝަންޓުން މަރާލި އިޓަލީގެ ނަރުހަކު ހައްޔަރުކޮށްފި

އިޓަލީގައި "ދަ ކިލާ އިންދަ ވޯޑް"ގެ ނަމުގައި މަޝްހޫރު ނަރުސް ހައްޔަރުކޮށްފި އެވެ. އެމީހާ ހައްޔަރުކުރީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ 13 ބަލި މީހެއް މަރާލި ކަމުގެ ތުހުމަތުގަ އެވެ. އެމީހާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހެވެ.

އުމުރުން 55 އަހަރުގެ އެ ނަރުހަކީ އިޓަލީގެ ޓޫޝާނީ އަވަށުގައި ހުންނަ ހޮސްިޓަލެއްގެ އެނެސްތީސިއާ އަދި އައިސީޔޫ ގައި މަސައްކަތް ކުރަމުން އަންނަ ނަރުހެކެވެ. އެމީހާ ބަލި މީހުންތައް މަރާލާފައިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިޓަލީގެ ލޯކަލް ނޫސް އެޖެންސީތަކުން ބުނަނީ ފުލުހުން އެމީހާ އަށް ފާރަލަމުންދާތާ ދުވަސް ތަކެއް ވެއްޖެ ކަމަށެވެ.

އެމީހާ މަރާލާފައި ހުރީ ގިނަ ބަލިތަކެއްގެ ޝިކާރައަކަށްވެފައިވާ އުމުރުން ދުވަސްވީ މީހުން ކަމަށްވެ އެވެ.

މިމަހުގެ ކުރީކޮޅުވެސް އިޓަލީން ވަނީ މީހުން މަރާ ނަރުހެއް ހައްޔަރުކޮށް އުމުރަށް ޖަލަށް ލާފަ އެވެ. އުމުރުން 44 އަހަރުގެ އެމީހާ މަރާލާފައިވަނީ 78 އަހަރުގެ މީހެއްގެ ގަޔަށް ލީތަލް ސޮލިއުޝަން ހުރި ޕޮޓޭޝިއަމް ކްލޮރައިޑް ހުރި އިންޖެކްޝަނެއް ޖަހައިގެންނެވެ. އެމީހާގެ މައްޗަށް ވަނީ އިތުރު ބަލި މީހުންތަކެއް މަރާފައިވާ ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.