މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ ތަރިންނަށް ލޯބީގެ މެސެޖެއް، ނޫނީ ހަދިޔާއެއް ފޮނުވަން ބޭނުންތަ؟

Apr 5, 2016
5

މޯލްޑިވިއަން އައިޑޮލްގައި މިހާރު އެ ތިބީ އެންމެ ހުނަރުވެރި ހަ ތަރިންނެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ ހަ ޒުވާނުންނެވެ. މި ހުނަރުވެރިންގެ އެތައް ސަޕޯޓަރުންނެއް އެތައް ލޯބިވެރިންނެއް އުފެދިއްޖެ އެވެ. ދުރުގައި އެބަތިއްބެވެ. ހަމަ ގައިމު ވެސް މި ތަރިންނަށް ހަދިޔާ ދޭން ބޭނުންވާނެ އެތައް ބަޔަކު މިހާރު ތިބޭނެ އެވެ. މެސެޖެއް ފޮނުވާލަން ބޭނުން ވަރަށް ގިނަ ޒުވާނުން ތިބޭނެ އެވެ. އެފަދަ މީހުންނަށް މި އޮތީ ރަނުގެ ފުރުސަތެކެވެ. މޯލްޑިވިއަން އައިޑޮލްގެ ތަރިންނަށް މެސެޖާއެކު "ވެޑެލް" ޗޮކްލެޓެއް މިހާރު ފޮނުވިދާނެ އެވެ.

ނޭޝަނަލް މިއުޒިއަމް ކުރިމަތީގައި ހުޅުވާފައިވާ "ވެޑެލް ޗޮކްލެޓް" ފިހާރަ އަށް ވަދެ ޗޮކްލެޓް ގިފްޓް ޕެކަކަށް އޯޑަރު ދޭށެވެ. ބޭނުންވާ މެސެޖެއް ވެސް ދޭށެވެ. އެ ޗޮކްލެޓް ގިފްޓް ޕެކާއި ހާއްސަ މެސެޖް ބޭނުންވާ ތަރިއަކަށް ފޮނުވައިދޭނެ އެވެ. ސަޕޯޓަރުންގެ ހަދިޔާއެއްގެ ގޮތުންނެވެ. މިކަން މިވަނީ ފެށިފަ އެވެ. ވެޑަލް ޗޮކްލެޓް ވިރެން ފަށައިފި އެވެ.

"މި ތަނަށް އައިސް ޗޮކްލެޓް ގަތުމުން މޯލްޑިވިއަން އައިޑޮލްގެ ތަރިންނަށް ފޮނުވައިދޭނެ. މިހާރު ވެސް ބައެއް ތަރިންނަށް ޗޮކްލެޓް ފޮނުވަމުން ދަނީ،" މޯލްޑިވިއަން އައިޑޮލްގެ ސްޕޮންސާއެއް ކަމަށްވާ ގޯލްޑަން ލޭން އިން ހިންގާ ވެޑެލް ޗޮކްލެޓް ފިހާރައިގެ އޮފިޝަލު ވިދާޅުވި އެވެ.

"ސަޕޯޓަރުން އެންމެ ލޯބިވާ މޯލްޑިވިއަން އައިޑޮލްގެ ތަރިންނަށް ހަދިޔާ ފޮނުވުމަށް މިއީ ރަނގަޅު ފުރުސަތެއް،"

ވެޑެލް ޗޮކްލެޓްގެ ވަަރަށް މީރު

ޕޮލެންޑުގެ މި އުފެއްދުމަކީ 1800 ގެ އަހަރުތަކުގައި ދުނިޔޭގެ ވުޖޫދަށް އައި އުފެއްދުމެކެވެ. ޔޫރަޕާއި ދުނިޔޭގެ އެތަށް ބައެއްގެ މެދުގައި މަގުބޫލު މި ޗޮކްލެޓުގައި 100 އަށްވުރެ ގިނަ ރަހަ ހިމެނެ އެވެ. މިވަގުތު މީގެ 40 ވައްތަރެއް ވެޑަލް ޗޮކްލެޓް ފިހާރަ އިން ލިބެން އެބަ ހުއްޓެވެ.

"އަނގައަށް ލުމުން ވިރިގެން ދަނީ. ވަރަށް މީރު. ތަފާތު ރަހައެއް ހުންނަނީ،" ޗޮކްލެޓްގެ ރަހަ ބެލި އައިމިނަތުގެ ހިތް ވެސް ވަނީ މި ޗޮކްލެޓަށް ލެނބިފަ އެވެ.

ދެން އޮތް ސުވާލަކީ މި އުފެއްދުމުގެ އަގާ މެދު އުފެދޭ ސުވާލެވެ. މިއަށް އިތުރު ޖަވާބެއް ބޭނުމެއްނުވެ އެވެ. އަގުތަކަށް ބަލާނަމަ އެހެން ޗޮކްލެޓްގެ ބްރޭންޑްތަކާ ވެސް އަޅާ ކިޔާލެވިދާނެ އެވެ. ވާދަކޮށް މޮޅުވެސް ވާނެ ކަމަށް ބެލެނީ ޕޮލެންޑުގެ ވެޑެލް އެވެ.

އަގުތައް ހުރީ ދިވެހިންގެ އަތް ފޯރާ ހިސާބުގަ އެވެ. ވެޑަލް ޗޮކްލެޓްގެ 100 ގްރާމްގެ ޗޮކްލެޓްތައް މި އުޅެނީ 25 ރުފިޔާ އިން ފެށިގެން 35 ރުފިޔާ އާއި ދެމެދު އެވެ. 100 ގްރާމްގެ ނޯމަލް ޗޮކްލެޓް ބާ އެއް 25 ރުފިޔާ އަށެވެ. އަދި ފިލިން އެއްޗެހި 30 އަށް އުޅޭއިރު ނަޓްސް އަޅާފައި ހުންނަ ޗޮކްލެޓް ބާސް މިހިރީ 35 ރުފިޔާ އަށެވެ. މިގްރާމްގެ އެއްޗެއް 35 ރުފިޔާ އަށްވުރެ ބޮޑެއް ނުވާނެ އެވެ.

ދެން މިހިރީ 220 ގުރާމްގެ ޗޮކްލެޓް ތަކެވެ. މި ސައިޒުގެ ޗޮކްލެޓުތައް މިއުޅެނީ 80 ރުފިޔާގެ ރޭޓުންނެވެ. މި ސައިޒުގައި ކްރައުން ވެސް އެބަހުއްޓެވެ.

މޯލްޑިވިއަން އައިޑޮލްގެ އެތަށް ސަތޭކަ ތަރިންނެއް އެބަ ތިއްބެވެ. މިފަދަ ތަރިންނަށް "ވެޑަލް" ގެ ޗޮކްލެޓެއް ދޭން އަވަހަށް އެ ފިހާރައާ ދިމާލަށް ދާށެވެ.