ހަބަރު

ހުޅުމާލެ ހޮސްޕިޓަލް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށް، ސަރުކާރުން އައްޔަންކުރައްވާ ގަވަރނިން ބޯޑެއްގެ ބެލުމުގެ ދަށުން އެ ހޮސްޕިޓަލް ހިނގަމުންދާގޮތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދުން ފެށިގެން ހަމަޖައްސަވަފި އެވެ.

ރައީސް މިގޮތަށް ނިންމަވާފައިވާއިރު އާސަންދަ ކުންފުނިން މިކަން ކުރިން އިއުލާންކޮށްފައިވެ އެވެ. އެ ކުންފުނީގެ އޮފިޝަލު ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދާ އެ ހޮސްޕިޓަލް ހިންގުން އާސަންދައިން ހަވާލުވުމާއެކު އެ ހޮސްޕިޓަލަށް ބޮޑެތި ބަދަލު ގެންނާނެ ކަމަށެވެ. އެ ގޮތުން އެއީ ހުޅުހުޅާއި ކަށީގެ އޮޕަރޭޝަންތަކާއި ކަރުން މަތީގެ ބަލިތަކާއި އޮޕަރޭޝަންތަކާއި ކެންސަރުގެ އޮޕަރޭޝަންތަކަށްފަހު ދޭ ކީމޯ ތެރަޕީ އާއި ރާއްޖެބައްޔަށް ވަރަށް ބޮޑަށް ހާއްސަވާ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

"މީގެ އިތުރުން ސްޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާކޮށް މުޅި ހޮސްޕިޓަލްގެ ހުރިހާ ހިދުމަތްތައް ވަރަށް ބޮޑަށް ފެންވަރު މަތިވެގެންދާނެ. މިހާރު އާސަންދައިން ދަނީ ހޮސްޕިޓަލާ ހަވާލުވުމުގެ މަސައްކަތް ކުރަމުން،" އެ އޮފިޝަލު ވިދާޅުވި އެވެ.

މިހާރު 30،000 އަށްވުރެ ބޮޑު އާބާދީއަކާއެކު މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލޭ ހޮސްޕިޓަލް ކުންފުންޏަކާ ހަވާލު ކޮށްގެން ހިންގަން ބޭނުންވާ ކަމަށް މީގެ ކުރިން 2014 ގައިވެސް ސަރުކާރުން ބުންޏެވެ.