ވިޔަފާރި

އެމްޓީޑީސީގެ ފަހު ކްއާޓާގެ އާމްދަނީ 43 ޕަސެންޓް ދަށަށް!

Jan 31, 2015

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕްރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީ ތިންވަނަ ކުއާޓާއާ އަޅާ ބަލާއިރު 43 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް ވިޔަފާރި ކުރުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުނި އެމްޓީޑީސީންގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް 5.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ނަމަވެސް ފަހު ކުއާޓާ (ފަހު ތިން މަސް ދުވަހު) އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ތިން މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 43 ޕަސެންޓުގެ ދަށް އަދަދެކެވެ.

އެމްޓީޑީސީގެ ހިސާބުތައް ދައްކާ ގޮތުގައި މި ކުއާޓާގައި އެ ކުންފުނިން 2.4 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މި ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 438 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.9 މިލިއަން ޑޮލަރެވެ.

އެމްޓީޑީސީއަށް ފަހު ކުއާޓާގައި ލިބުނު އާމްދަނީ ދަށަށް ދިޔަ ސަބަބަކީ އެ ކުންފުނީގެ ވިޔަފާރި ވިޔަފާރި މަދުވުމެވެ.

އެމްޓީޑީސީން ވަނީ އައްޑު އަތޮޅު ހެރެތެރެ ރިސޯޓު ސިންގަޕޫރުގެ ކޭނަރީ ކުންފުންޏަށް 33 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ.