ހަބަރު

ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް އުގެއިލް އެހީވަނީ

ޕްރޮފެސަރު ހަސަން އުގެއިލްއާ ގުޅިގެން ފުލުހުންގެ ހިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއެރުވުމަށް (ލެޓާ އޮފް އަންޑަސްޓޭންޑިން) އެލްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެލްއޯޔޫގައި ސޮއިކޮށްފައިވަނީ ފުލުހުންގެ ސީނިއާ އެގްޒެކްޓިވް އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ލީޑާޝިޕް އެންޑް ކްރިޓިކަލް ތިންކިން ޓްރެއިނިން ޕްރޮގްރާމް ނިންމަށް މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި އެލްއޯޔޫގެ ސަބަބުން ފުލުހުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުށް މަދުކުރުމާއި އެހެނިހެން މަސައްކަތްތައް ކުރަން އުގެއިލްގެ ތަޖުރިބާގެ ދަށުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އިންޓެލިޖެންސާއި ފޮރެންސިކް ދާއިރާގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުންގެ ހިދުމަތް ކުރިއަރުވައި އެދާއިރާއިން ރިސާޗްތައް ހެދުމަށްވެސް ފުލުހުންނަށް އެހީ ވެދޭނެ ކަމަށް ފުލުހުން ބުންޏެވެ.