ވިޔަފާރި

ސެންޓާރާ ރިސޯޓުގައި ސަންސެޓް އޯޝަން ޕޫލް ވިލާ ހަދަނީ

Jan 31, 2015

ސެންޓާރާ މައްޗަފުށި ރިސޯޓުގެ ބައެއް ކޮޓަރިތައް "ސަންސެޓް އޯޝަން ޕޫލް ވިލާ" ކޮޓަރި ތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސެންޓާރާ ރިސޯޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައްޗަށްފުށީ ރިސޯޓްގެ 32 ކޮޓަރި ސަންސެޓް އޯޝަން ޕޫލް ވިލާ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރިސޯޓަށް އަރާ ޖެޓީގެ ކައިރީގައި ހުރި 32 ކޮޓަރިއެއް ސަންސެޓް އޯޝަން ޕޫލްވިލާ ހަދަނީ. މި ކޮޓަރިތައް މި އަހަރު ހުޅުވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސެންޓާރާ ރިސޯޓުން ބުނި ގޮތުގައި ޑިލެކްސް ފެމެލީ ވޯޓާ ވިލާތަކަށް ބަދަލުކޮށް އޮގަސްޓް މަހު ހުޅުވޭނެ ކަމަށެވެ. މި ކޮޓަރިތައް ނިމޭއިރު ކޮންމެ ކޮޓަރިއެއްގެ މޫނުމަތީގައިވެސް 12 ސްކެއާ މީޓަރުގެ ހިތްގައިމު ޕޫލެއް އޮންނާނެ ކަމަށެވެ.

ސެންޓާރާ ރިސޯޓަކީ އދ. އަތޮޅުގައި ތައިލެންޑުގެ ސެންޓާރާ ގްރޫޕުން ހިންގަމުން އަންނަ ރިސޯޓެވެ. މިދިޔަ އަހަރު މަޓާޓޯ އިން ބޭއްވި އެވޯޑާއި ޓްރިޕް އެޑްވައިޒަރީގެ އެވޯޑު ވެސް ލިބިފައިވެ އެވެ.

މި ރިސޯޓުގައި 102 ވޯޓާވިލާ ހުރެ އެވެ. މިއީ ހަނީމޫނަށް ރާއްޖެއަށް އަންނަ ޓޫރިސްޓުންނާއި ފެމެލީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ރިސޯޓެކެވެ.