ދުނިޔެ

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 45 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ހާޅުގައި ޖެހިގެން 45 މީހުން މަރުވެއްޖެ އެވެ. ހަފްތާ ބަންދުގައި ވެހެން ފެށި މިވާރޭގައި 34 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބި ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފަ އެވެ.

މިވިއްސާރައިގެ އަސަރުކުރަމުންދަނީ ހައިބަރު ޕަޚުތުތުޚާ، ކަޝްމީރު އަދި ބަލްތިސްތާނު އަވަށަށެވެ. މިކަމާއި ބެހޭގޮތުން ޕާކިސްތާނު ސަރުކާރުގެ އޮފިޝަލުން ބުނީ އެއަވަށްތަކުގެ ރައްޔިތުންނަށް ރައްކާތެރި ސަރަހައްދު ތަކަށް ބަދަލުވާން އަންގާފައިވާނެ ކަމަށެވެ.

ޕާކިސްތާނަށް މިއަހަރުގެ ސަމާ މޫސުން މިދިޔަ އަހަރަށްވުރެ ނުރައްކާތެރި ކަމަށްވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި އެއަވަށްތަކުގެ ގެތަކާއި ބުރިޖުތައް ވަނީ އެކަށް ހަލާކުވެފަ އެވެ.

އަދި ބައެއް އާންމު ރައްޔިތުންނާ ހަވާލާދީ ބުނެފައިވަނީ ސަރުކާރުން ހާލުގައި ޖެހިފައިވާ އެއަވަށްތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.