ހަބަރު

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ، މީހަކު އެބޯޓްކުރި މައްސަލައެއް ބަލަނީ

ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ އަންހެނަކު ދަރި އެބޯޓްކުރި މައްސަލައެއް ބަލަން ފަށައިފި އެވެ. މި މައްސަލަ ފެންމަތިވީ ރޭގަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ، އެބޯޓްކުރި އަންހެނާގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ އަންހެން މީހާ ރޭ މާލެ ގެނެސް ފަރުވާދީފައިވާ ކަމަށެވެ. އަންހެން މީހާއާ ގުޅޭ ތަފުސީލާއި އެ މައްސަލާގެ އިތުރު ތަފުސީލު ފުލުހުންނަށް ހާމަނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ، ރޭ 7:30 ހާއިރު ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ އަންހެނަކު އެ ހޮސްޕިޓަލަށް ގެނެސް، އެމަޖެންސީގައި ފަރުވާދީފައިވާ ކަމަށެވެ. ފަރުވާދީފައިވަނީ 32 އަހަރުގެ އަންހެނަކަށެވެ.