ހަބަރު

ސާކް ސީޑް ބޭންކްގެ އެއްބަސްވުން ތަސްދީގު ކުރުމާއި ބެހޭ މައްސަލަ ކޮމިޓީއަށް

އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާރކް ސަމިޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވާ، "އެގްރީމަންޓް އޮން އެސްޓެބްލިޝިން ދަ ސާކް ސީޑް ބޭންކް" ތަސްދީގު ކުރަން ނިންމަވައި، އެއަށް އަމަލު ކުރުމުގެ މައްސަލަ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިިލީހަށް ރައީސް އަބްދުﷲ ޔާމިން މިއަދު ފޮނުވި ސިޓީފުޅެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގައި އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓުގައި ނަޝީދު ސަރުކާރުން ސޮއި ކުރި އެގްރީމަންޓް އޮން އެސްޓެބްލިޝިން ދަ ސާކް ސީޑް ބޭންކް ތަސްދީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން މަޖިލީހުގެ ރައީސް ނިންމެވީ އެއަށް ރާއްޖެއިން އަމަލު ކުރުމާއި ބެހޭ މައްސަލަ ދިރާސާ ކުރެއްވުމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވުމަށެވެ.