ހަބަރު

ކުއްތާ ބޭނުން ކުރަން އެސްއޯ ފުލުހުންނަށް ދަސްކޮށްދީފި

ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަން ތަކުގައި ކުއްތާ ނޫނީ ފާރަ ބޭނުންކުރާނެ ގޮތުގެ ތަމްރީނުތަކެއް އެސްއޯ ފުލުހުންނަށް ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފާރަ ގެމަ އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިއަދު ހެނދުނު ފެށި މި ތަމްރީންތައް ކުރިޔަށް ގޮސްފައިވަނީ މާލޭގެ ބައެއް ސަރަހައްދު ތަކުގަ އެވެ. އަދި އެ ޕްރޮގްރާމުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކުރީ ހާއްސަ ހާލަތްތަކުގައި ފާރަ ބޭނުން ކުރާނެ ގޮތް ކަމަށެވެ. އެގޮތުން އެސްއޯ ފުލުހުންގެ އޮޕަރޭޝަންތަކުގައި ކުށުގެ ތުހުމަތުވާ މީހުންނާ ތަކެތި ދެނެގަންނާނެ ފަސޭހަ ގޮތްތައް ކިޔައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުރިޔަށް އޮތްތާ މިފަދަ ތަމްރީނުތައް މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ އިތުރުން ބައެއް އަތޮޅުތަކުގައިވެސް ކުރިޔަށް ގެންދާނެ އެވެ.