އަންހެނުންގެ ދުވަސް

ރިމީ: ފެޝަންގެ ތަހުތުގައި އަދިވެސް ބަބުޅަނީ

މިއީ އެ ނަމަކާ ނުލައި ނުވަތަ އެފަރާތަކަށް ތައުރީފު ނުއޮއްސައި ރާއްޖޭގައި ފެޝަންގެ ވާހަކަ ދެއްކެން ނެތް ވަރުގެ ނަމެކެވެ. އައިމިނަތު ރިމީ އިސްމާއިލް ހާއްސަވަނީ މި ސަބަބާ ހެދި އެވެ. އުމުރުން 17 އަހަރުގައި ފެޝަން ޑިޒައިން ކިޔަވަން ކޮލަމްބޯ އަށް ފުރައިގެން ދިޔަގޮތަށް އެނބުރި އައިސް އޭނާ ރާއްޖޭގެ ފެޝަން ތަހުތުގައި ހަމަޖެހިލީ 2007 ވަނަ އަހަރު މާލޭގައި ބޭއްވި ރަންވޭ ޝޯގައި އެންމެ މޮޅު ޑިޒައިނަރުގެ ޝަރަފް ހޯދައިގެންނެވެ.

އެހިސާބުން ފެށިގެން ރިމީ ކުރިއަށް ދަނީ ފަސްއެނބުރި ބެލުމެއް ނެތި އެވެ. އަދި ވަކިން ހާއްސަކޮށް މި ދުވަސްކޮޅުގެ ކޮންމެ ހަފުތާ ބަންދަކީ ރިމީގެ ކެރިއަރުގައި ހާއްސަ ދުވަހެކެވެ. އޭނާގެ މުޅިން އާ ޑިޒައިންތަކެއް އެ ގެންދަނީ މޯލްޑިވިއަން އައިޑޮލް މެދުވެރިކޮށް އާންމުންނަށް ދައްކާލަމުންނެވެ.

މޯލްޑިވިއަން އައިޑޮލްގެ އެއް ހޯސްޓް ކަމުގައިވާ މައުރީންގެ ހެދުންތައް ފަރުމާކޮށް ފަހައިދެނީ ވެސް ރިމީ އެވެ. ތިރީގައި މި އޮތީ އަވަސްގެ "އަންހެނުން" ސެގްމަންޓަށް މި ހުނަރުވެރި އަންހެނާ ދިން އިންޓަވިއު އެވެ.