އަންހެނުންގެ ދުވަސް

ވައްޓަފާޅި ބަދަލުކޮށްލި ކުރީގެ ވެއިޓްރެސް: ފަހުރުވެރި، ފިސާރި އަންހެނެއް

އެންމެ ސަޅި، އެންމެ ހުނަރުވެރި އަދި އެންމެ ބާރުވެރި މިނިވަން އަންހެނާގެ މި ހަފުތާގެ ސެގްމަންޓްގެ ހޮވުމަކީ މަރިޔަމް ޝަފިއްޔާ އެވެ. އުމުރުން 31 އަހަރުގެ ޝަފިއްޔާ އަކީ މާލޭގެ ހޮޓެލް ޖެންގެ ޑިރެކްޓަ އޮފް ސޭލްސްގެ މަގާމުގައި ހުރި ފިސާރި އަންހެނެކެވެ.

ފަހުރުވެރި މަގާމެއްގައި މިއަދު ހުރި ނަމަވެސް ޝަފިއްޔާގެ މި ކާމިޔާބީގެ ފަހަތުގައި އޮތް ވާހަކަ ވަރަށް ވެސް ބޮޑެވެ. އެ ވާހަކަ އޭނާ ކިޔައިދޭނީ ތިރީގައި މި އޮތް ވީޑިއޯ އިންޓަވިއުގަ އެވެ. އެކަމަކު އޭގެ ކުރިން މި ހުނަރުވެރި އަންހެނާގެ ވަރަށް ހާއްސަ ސިފައެއްގެ ވާހަކަ ފާހަގަކޮށްލަން ބޭނުންވެ އެވެ. -- އެހެން އެންމެނަށް ވުރެ ތަފާތުވުމެވެ!

ހުރިހާ ވެސް ޝުކުރެެއް އޭނާގެ މަންމައަށެވެ. ޝަފިއްޔާ ބުނާ ގޮތުން ނަމަ މަންމަ އަބަދުވެސް އޭނާ އަށް ދިން ނަސޭހަތަކީ، އެހެން އެންމެނަށް ވުރެ ތަފާތުކޮށް ވިސްނުމަށާއި ދެން ތިބި އެންމެނަށް ވުރެ ތަފާތު މީހަކަށް ވުމަށެވެ. -- މަންމަގެ އެ ބަސް އަހައި، އެ ހުވަފެން ޝަފިއްޔާ މިއަދު މި ވަނީ ހަގީގަތަކަށް ހަދައިފަ އެވެ.

ޓުއަރިޒަމްގެ ދާއިރާ އަށް އޭނާ ފުންމާލީ އަމީނިއްޔާ ސްކޫލުން ކިޔެވުން ނިންމާލި ގޮތަށް ފުރާވަރުގަ އެވެ. އެންމެ ފުރަތަމަ ފެށީ ވެއިޓްރެސްއެއްގެ ވަޒީފާއިންނެވެ. އޭނާގެ މި އާދަޔާހިލާފު ވާހަކައިގެ ތަފްސީލު އޮތީ މި ވީޑިއޯ އިންޓަވިއުގަ އެވެ.