ދުނިޔެ

ކެރެލާގެ ފައްޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 100 މީހުން މަރުވެއްޖެ

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޕަރާވުރުގައި ހުރި ފައްޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. މިހާދިސާގައި 350 އެއްހާ މީހުންވަނީ ޒަހަމްވެފަ އެވެ.

ހަބަރުތައް ބުނާގޮތުގައި މިހާދިސާ ހިނގާފައިވަނީ ހިންދޫ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރައްކާކޮށްފައި ހުރި ބަޑިބޭސްތަކުގައި ރޯވެ އެތަކެތި ގޮވައިގެންނެވެ. އަދި މިތަކެތި ގޮވުމާއެކު އިމާރާތެއް ވެއްޓުނު ކަމަށްވެސްވެ އެވެ. މި ބަޑިބޭސްތައް ގޮވުމާއެކު މުޅި އެސަރަހައްދަށް ލޮޅުން އެރިކަމަށްވެ އެވެ. މިހާދިސާގައި ޒަހަމްވި މީހުންނަށް ވެރި ރަށް ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ މެޑިކަލް ކޮލެޖުން ފަރުވާދެމުންނެވެ.

މިހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު ސަލާމަތީ ބާރުތަކުން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބަޑިބޭހުގެ ކުޅިވަރުތަކަކީ ކޮންމެ އަހަރަކުވެސް ހިންދޫ ދީނުގެ މީހުން އާއަހަރު ފާހަގަކުރަން ކުރާ ކަމެކެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަކުރަންވެސް ބަޑި ބޭހުގެ ކުޅިވަރުތައް ދައްކާލަ އެވެ.