ވިޔަފާރި

އިންޑިޔާއަށް ކުރާ ކޯލްގެ އަގު އުރީދޫން ހެޔޮކޮށްފި

Apr 10, 2016

ދިވެހި ގިނަ އަދަދަކަށް ދިރިއުޅޭ އިންޑިޔާގެ ޓްރިވެންޑްރަމްގައި ހިންގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އުރީދޫން އެ ގައުމަށް ކުރާ ކޯލްގެ އަގު ހެޔޮކޮށްފި އެވެ.

އުރީދޫން ބުނީ އިންޑިޔާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑަރަމް) ގެ ކޮއްލަމްގައި މިއަދު ހެނދުނު ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅުއްވާ އާއިލާ އާއި ގާތް ތިމާގެ މީހުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިރޭ ބާރަ ޖެހުމާ ހަމައަށް މިނެޓަކަށް 1.45ރ. އަށް ގުޅޭނެ ކަމަށެވެ.

އުރީދޫން މީގެ ކުރިން ވެސް މިފަދަ ހާދިސާތަކާ ގުޅިގެން އެކި ގައުމުތަކަށް ގުޅާ އަގުތައް ހެޔޮކޮށްފައިވެ އެވެ.

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހިނގި މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، 350 އެއްހާ މީހުންވަނީ ވަނީ ޒަހަމްވެފަ އެވެ.