ބޭރު ކުޅިވަރު

ސީއެސްކޭއޭގެ ފޯވަޑް ޑުމްބިއާ ރޯމާ އަށް

ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް ކުޅެމުންދިޔަ އައިވަރީ ކޯސްޓްގެ ފޯވަޑް ސޭދޫ ޑުމްބިއާ އިޓަލީގެ އޭއެސް ރޯމާ އަށް ބަދަލުވެއްޖެ އެވެ.

އައިވަރީ ކޯސްޓްގެ ގައުމީ ޓީމުގެ ފޯވަޑް ޑުމްބިއާ ،27، ރޯމާ އަށް ބަަދަލުވީ 10 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ޑުމްބިއާ ރޯމާ އަށް ބަދަލުވީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސީއެސްކޭ އަށް 2010 ވަނަ އަހަރުން ފެށިގެން ކުޅެމުންދިޔަ ޑުމްބިއާ ވަނީ އެ ކްލަބަށް ކުޅުނު 130 މެޗުގައި 84 ލަނޑު ޖަހައިފަ އެވެ.

ޑުމްބިއާ ރޯމާ އަށް މި ބަދަލުވީ ރޯމާ އިން އެ ޓީމުގެ ފޯވަޑް މަޓިއޯ ޑެސްޓްރޯ އޭސީ މިލާނަށް ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލާފައި ވަނިކޮށެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޑުމްބިއާ ވަނީ ރޯމާއާ ދެކޮޅަށް ކުޅެފަ އެވެ.

ޑުމްބިއާ މި ވަގުތު ހުރީ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ އައިވަރީ ކޯސްޓްގެ ޓީމުގަ އެވެ. -- ބީބީސީ