ރާއްޖެ ކުޅިވަރު

Kichee athun balive new ge amilla baaru kandijje

Apr 12, 2016
1

ހޮންކޮންގެ ކިޗީ އަތުން މިއަދު 2-0އިން ބަލިވެ އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ނިއުރޭޑިއަންޓަށް ގެއްލިއްޖެ އެވެ.

މެޗުގެ ދެ ލަނޑު ވެސް ކިޗީން ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުރީކޮޅުގަ އެވެ. ފުރަތަމަ ލަނޑު ރުފިނޯ ޑެލްބާގޯ ޖެހީ މެޗުގެ 17 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު އޭނާ ޖެހީ 31 ވަނަ މިނިޓްގަ އެވެ.

މި މެޗުން ބަލިވުމުން ނިއު ގްރޫޕުގެ ފުލުގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައި ކިޗީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުގަ އެވެ. އެއްމެޗު މަދުން ކުޅެގެން ހަ ޕޮއިންޓާއެކު ދެ ވަނާގައިވަނީ ފިލިޕީންސްގެ ކާޔާ އެފްސީ އެވެ. ހަތަރު ޕޮއިންޓާއެކު ވަނީ ބެލަސްޓިއާ އެފްސީ އެވެ.

ގްރޫޕުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ދެ މެޗެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ މާދަމާ ހަވީރު ކުޅޭނީ ހޮންކޮންގެ ސައުތު ޗައިނާއާ އެވެ.