ސުޕްރީމް ކޯޓް

ހަވީރުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްފި

Apr 13, 2016

"ހަވީރު" ނޫހުގެ މައްސަލައާ ގުޅިގެން ހައި ކޯޓުން ނިންމި މައްސަލައާމެދު ހިތްހަމަ ނުޖެހޭތީ ހަވީރުގެ ހަވީރުގެ އެއް ހިއްސާދާރު އަދި ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ހިއްސާގެ މައްސަލާގައި ޒާހިރު ހުށަޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުވީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. އެގޮތަށް ނިންމި ގޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވަނީ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތުގައި ބުނެފައި ވަނީ އެ މައްސަލައަކީ ހައި ކޯޓުގެ "އިސްތިއުނާފު މަރުހަލާގައި ބަލައި ފައިސަލާ ކުރުވަނިވި ހުކުމެއް ކޮށްފައިވާ މައްސަލައަކަށްވެފައި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރި ސަބަބުތަކަށް ބަލާ އިރު ހައި ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތުމުން ކަމަށެވެ.

ހަވީރުގެ މައްސަލަ އެ ކޯޓުން ބޭރުވި އިރު ހަވީރުގެ އެހެން ހިއްސާދާރުންނާއެކު ހަވީރު ހިންގުމަށް ސިވިލް ކޯޓުން ކުރި އަމުރާ ގުޅިގެން ހަވީރު ނެރުން ވަނީ ހުއްޓާލާފަ އެވެ. އަދި މި މައްސަލައާ ގުޅިގެ ހިޔާލު ތަފާތުވުންތައް އައިސްފައިވާއިރު ސަރުކާރުން ބުނެފައި ވަނީ ހަވީރު ނެރުމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން މަގު ފަހި ކުރާނެ ކަމަށެވެ.