ވިޔަފާރި

މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ 13.7 ޕަސެންޓް ދަށަށް!

  • ބީޕީޓީގެ ގޮތުގައި ލިބުނީ 64 މިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި 562 މިލިއަން ރުފިޔާ
  • ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 277

މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ 13.7 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިދިޔަ މަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ޖުމްލަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 1.10 ބިލިއަން ރުފިޔާ އެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ދައުލަތައް މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގޮތުގައި 562 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. އަދި ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދީގެން ނަގާ ޓެކްސް (ޓޫރިޒަމް ލޭންޑް ރެންޓް) ގެ ގޮތުގައި 277.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 64.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 66 މިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 52.2 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ.