ދުނިޔެ

އިންޑިއާގައި ފުލުހުންގެ އިމާރާތެއްގެ ތެރޭގައި މިނިކަށި ގޯނިތަކެއް

އިންޑިއާގެ ފުލުހުންގެ އިމާރާތެއްގެ ތެރޭގައި މިނިކައްޓާއި ހަށިގަނޑުގެ އެކި ބައިތައް ހުރި ގިނަ އަދަދެއްގެ ގޯނިތަކެއް ފެނިގެން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

އުއްްތަރް ޕްރަދޭޝްގެ އުނާއޯގައި ހުންނަ ފުލުހުންގެ އިމާރާތެއްގެ ތެރެއިން މިނިކަށި ގޯނިތައް ފެނިފައި ވަނީ އެތަނުގައި ހުންނަ ބޭނުން ނުކުރާ ކޮޓަރިއެއްގެ ތެރެއިންނެވެ. މި ކަށިތައް ފެނުނީ އެތަން ސާފުކުރަން އުުޅުނު ބަޔަކަށެވެ.

ފުލުހުން ބުނީ މިއީ ކީއްވެގެން އެތަނުގައި ހުރި ކަށިތަކެއް ކަމެއް ބުނަން އަދި ނޭނގޭ ކަމަށާއި އެކަމަކު އެއީ 2008 ވަނަ އަހަރާ ހަމަޔަށް ވެސް މޯޗަރީއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަނެއް ކަމަށް ބެލެވިފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ސަރުކާރުން ބުނީ މިނިކަށިތަކުގެ ޑީއެންއޭ ހަދައި އެއީ ކޮންބައެއްގެ ކަށިތަކެއްތޯ ބަލާނެ ކަމަށެވެ. އަދި އެކަށިތައް ނައްތާނުލައި ފުލުހުންގެ އިމާރާތުގެ ތެރޭގައި ބަހައްޓާފައި ހުރީ ކީއްވެގެންތޯ ބަލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.