މަސައްކަތުގެ މާހައުލާ ނުވަތަ ކިޔެވުމުގެ މާހައުލާ ދުރަށް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޖެހިލަން އެބަޖެހެއެވެ. އަހަރަމެން އަހަރެމެންގެ ނަފްސަށް އަރާމުކޮށްލަން އަދި އެކަނިވެރި ވެލަން ވަގުތުކޮޅެއް ދޭން އެބަ ޖެހެއެވެ. އެކަމަކު އަރަމެން ނަފްސަށް މިދޭ އެކަނިވެރިވާ ވަގުތު އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފޭބާވައެވެ؟ މިއީ އަހަރަމެން އަހަރަމެންގެ ނަފްސާ ކޮށްލަން ކޮންމެހެންވެސް ޖެހޭ ސުވާލެކެވެ.
މިވަގުތު ކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އަހަރަމެއްނަން ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.
ސޯޝަލްމީޑިޔާ އާ ދުރަށް ޖެހިލުން
މިޒަމާނުގައި ހުސްވަގުތުކޮޅެއް ލިބުނަސް މި ނަގާލެވެނީ ފޯނެވެ. ކޮށްލެވެނީ ސްނެޕެކެވެ. ނުވަތަ އިންސްޓަގަރާމަށް އަޕް މިކޮއްލެވެނީ ފޮޓޯއެކެވެ. ނަމަވެސް މިއީ އަދި އަހަރަމެން އެކަނިވެރިވާ ހުސްވަގުތު ކޮޅުތެރޭގައި ކުރަން ރަނގަޅު ކަމެއްނޫނެވެ. ބުރަކޮށް އުޅުމަށްފަހު ތިމާގެ ނަފްސަށް އަރާމު ކޮށްލަން ލިބޭ ވަގުތު ކޮޅުގެ ތެރޭގައި މިކަހަލަ ކަންކަން ކޮށްގެން ތިމާގެ ސިކުނޑިއަށް ލިބޭނެ އެއްވެސް އަރާމެއް ނެތެވެ. އެހެން ކަމުން މިކަހަލަ ވަގުތު ކޮޅުތަކުގައި ވީހާވެސް ސޯޝަލް ނެޓްވާކަާ ދުރަށް ޖެހިލުމަށް ފަހު ސިކުނޑިއަށް ފުރިހަމަ އަށް އާރާމެއް ދިނުން ބުއްދިވެރިއެވެ.
ލަވައެއް ނުވަތަ ރާގެއް އަޑުއަހާލުން
މިއީ މިހާރުވެސް ގިނަ ބަޔަކު ހުސްވަގުތު ތަކުގައި ކުރާ ކަމެކެވެ. ލަވަ އަޑުއަހާލުމަކީ އިންސާނާ ސްޓްރެސްއިން ދުރުކޮއްލަދޭ ކަމަށް ވެއެވެ. އެގޮތުން އެކަނިވެރިވެފައިވާ ވަގުތު ތަކުގައި ތިމާގެ ފޯނުގައި ހުރި ކަމުދާ ހުރިހާ ލަވައެއް އަލްބަމަކަށް އަޅައިގެން އެ އަލްބަމް ފަށައިގެން ގޮސް ނިމެންދެން ޕްލޭކޮށްލުމަކީ ވަރަށް ވެސް ފައިދާ ކުރުވަނިވި ކަމެކެވެ.
އެކަނި އެޑްވެންޗާއަކަށް ގޮސްލުން
މިޒަމާނުގައި އެޑްވެންޗާއަކަށް ދާން ބޭނުންވިޔަސް މިދަނީ މިހާރުގެ ޒުވާނުން ބުނާ ގޮތުންނަމަ އެބަޔެއްގެ ސްކޮޑް ގޮވައިގެންނެވެ. އެބުނާ ސްކޮޑު ގެ އެއްވެސް މެންބަރަކަށް ދެވެން ނެންނަމަ މި ޖެހެނީ އެ އެޑްވެންޗަ ކެންސަލް ކުރަންށެވެ. މިއީ ތިމާ އެކަނިވެރިވާ ވަގުތު ކުރުން މާ ރަނގަޅުކަމެއް ނޫނެވެ. އެހެނަސް ތިމާ އެކަނި އެޑްވެންޗާއަކަށް ގޮސްލުމަކީ ބުއްދިވެރި އަދި އެހާމެ ތިމާއަށް ފައިދާ ކުރާނެވަރުގެ ކަމެކެވެ. ސަބަބަކީ އެކަނި ކުރެވޭ އެޑްވެންޗަރ ތަކުގައި ތިމާ ބޭނުން ހުރިހާ ކަމެއް ކޮށްލެވި ތިމާ އެކަނި އެހޭދަ ކުރާ ގަޑި ރަނގަޅު މަންޒަރެއް ފެންނަ ތަނެއްގައި އިނދެ ހަމަހިމޭން މާހައުލެއްގައި އިދެ ވަގުތު ހޭދަކޮށްލެވޭތީއެވެ. ނަމަވެސް އެބުނާ ސްކޮޑު ގޮވައިގެން ގޮސްފިނަމަ އުޅެންޖެހޭނީ ސްކޮޑާއި އެކުގައި ހީ ސަމާސާތަކުގެ ތެރޭގައެވެ. ތިމާގެ ނަފްސު ބޭނުންވާ ހަމަ ހިމޭންކަމެއް ނުލިބޭނެއެވެ.
ތިމާގެ ހިތް އުފާކޮށްދޭ ކަމަކާއި މެދު ވިސްލުންނާ
ތިމާ ސްޓްރެސްވެފައި ނުވަތަ ކަންބޮޑުވެފައި ހުންނަ ގަޑު ތަކުގައި އެހެން ކަމަކާއި މެދު ވިސްނާލަން ބުނެފިނަމަ ވާނީ ގިނަ ބަޔެއްދެކޭ ގޮތުގައި ޖޯކަކަށެވެ. އެހެނަސް ތިމާ ހިތްހަމަ ޖެހޭ ކަމަކާއިމެދު ވިސްނާލުމުން ތިމާގެ ސިކުނޑި ރިލޭކްސް ކޮށްދެއެވެ. އަދި ތިމާގެ މޫނު މައްޗަށް އުފާވެރިކަމެއްގެނެސް ދޭނެއެވެ.
އެހެން ކަމުން މިކަހަލަ ފައިދާހުރި ކަންކަމަށް އިސްކަންދީ މަސައްކަތުގެ މާހައުލާއި ކިޔެވުމުގެ މާހަލުގެ ބޭރުން ތިމާ އެކަނިވެރިވާން ވަގުތު ކޮޅެއް ހޯދައިލަން އެބަޖެހެއެވެ. ސިކުނޑިއަށް އަރާމެއްދީ ތިމާ ހަމަޖެހިލަން އެބަޖެހެއެވެ.