ލައިފްސްޓައިލް

ޗޮކްލެޓު ކާން އެންމެ ރަނގަޅީ ކޮން ވަގުތެއްގައި؟

ގިނަ ފަހަރު އަހަރަމެއްނަށް ލިޔެވޭ ލިޔުންތަކަކީ ސައިންޓިސްޓުން އެއްޗެއްގެ ނުރަނގަޅު ކަމަކާ ބެހޭގޮތުން ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް ލިޔެވޭ ލިޔުންތަކެކެވެ. އެގޮތުން ޗޮކްލެޓުގެ ނުރަނގަޅު ކަމާއި ބެހޭގޮތުން ވެސް ވާނީ ލިޔެފަ އެވެ. ނަމަވެސް މިފަހަރު މިލިޔަނީ ޗޮކްލެޓުގެ ރަނގަޅު ކަމަކާބެހޭ ގޮތުންނެވެ.

ސައިންޓިސްޓުން މިވަނީ ޗޮކްލެޓާ ބެހޭ ގޮތުން ވަރަށް ފަހުން ދިރާސާއެއް ކޮށްފައެވެ. ސައިންވެރިން މި ކުރި ދިރާސާއިން ދައްކާގޮތުގައި ހެނދުނު ގަޑީގައި ޗޮކްލެޓްކެއުމުން އިންސާނާގެ ސިކުޑީގެ ބާރު ގަދަވާކަމަށް ވެއެވެ. އަދި މުޅި ދުވަސް ތާޒާ ކަންމަތީގައި ހުރުމަށް މަަގުފަހިވެއެވެެ. އެހެން ކަމުން ހެދުނުގެ ނާސްތާއާއި އެކު ޗޮކްލެޓްގެ ބާވަތެއް ކާލުމަކީ ބުއްދިވެރި ކަމެކެވެ.

މީގެ އިތުރުން ވެސް ޗޮކްލެޓް ކާން ރަނގަޅު ވަގުތު ތަކެއްވެއެވެ.

ނިދުމުގެ ކުރިން

އާމުގޮތެއްގައި ބަޔެއް ކާނާ ތަކަކީ އިންސާނާ ބުރަކޮށް މަސަތްކުރުމަށް ވަރަށް ވެސް ފައިދާ ދޭ ކާާނާތަކެކެވެ. ހަމަ އެބީދައިން އިންސާނާ ރަނގަޅަށް ނިދި ހޯދައިގަތުމަށް ވެސް ބައެއް ކާނާތަށް މުހިންމުވެއެވެ. އެގޮތުން ޗޮކްލެޓަކީ ނިދުމުގެ ކުރިން ކާން ވަރަށް ވެސް ފައިދާ ހުރި ކާނާއެކެވެ. ނިދުމުގެ ކުރިން ޗޮކްލެޓު ކެއުމުން އިންސާނާާގެ ސިކުނޑިއާއި ހަށިގަނޑަށް އަރާމުގެނެސް ދިނުމަށް ފަސޭހަ ކޮށްލަދޭ ކަމަށް ވެއެވެ.

ކިޔަވަން ފެށުމުގެ ކުރިން

މިހާރު ކިޔަވާ ކުދިން ކިޔަވަން ނުވަތަ ޓެސްޓެއް ފަދަ އެއްޗެއް ހަދަން ފެށުމުގެ ކުރިން ޗޮކްލެޓެއް ކާލާތަން ފެނެއެވެ. ކޮންމެ އަކަސް މިއީ ވަރަށް ވެސް ރަނގަޅު އަދި ފައިދާހުރި ކަމެކެވެ. ހާއްސަކޮށް ކިޔަވާ ކުދިންނަށް މިއީ ފައިދާހުރި ކަމަކަށް ވަނީ ޗޮކްލެޓް ކެއުމުން އިންސާނާ ކަންތައްތަށް ހަދާން ކުރުމުގައި އެހީވެދޭތީއެވެ.

ކަމަކާއި މާޔޫސް ވެފަ ހުންނަ ގަޑިއެއްގައި

އިންސާނާ ކަމަކާއި މާޔޫސް ވެފައި ނުވަތަ ހިންހަމަ ނުޖެހިފައި ހުންނަ ގަޑިއެއްގައި ޗޮކްލެޓް ކެއުން ވަރަށް މުހިންމެވެ. ސަބަބަކީ ޗޮކްލެޓްގެ ސަބަބުން އިންސާނެ މޫޑް ރަނގަޅު ކޮއްދިނުމަށް އެހީވެދޭތީއެވެ. އެގޮތުން ޑާކް ޗޮކްލެޓުގައި ހިމެނިފައިވާ ކެމިކަލެއްގެ ސަބަބުން އިންސާނާގެ ސިކުޑީގައި އުފާވެރިކަން ގެނެސް ދިނުމަށް މަސައްކަތް ކުރާ ޕާޓިކަލްސްތައް ބޫސްޓު ކޮއްދޭތީއެވެ. އޭގެ ސަބުބުން އިންސާނާގެ ސިކުޑިން އެމީހާގެ ނަފްސަށް އުފާވެރިކަން ގެނެސްދެއެވެ.

އެހެން ކަމުން ޗޮކްލެޓަކީ ބޭނުން ކުރަން ނުރަނގަޅު އެއްޗެކޭ ބުނުން ވާނީ ގޯހަކަށެވެ. ޗޮކްލެޓަކީ ވެސް އިންސާނާ އަށް އެހާމެ ގިނަ ގުނަ ފައިދާތަކެއްދޭ އެއްޗެއްކަން ކަށަވަރެވެ. އެހެން ނަމަވެސް ޗޮކްލެޓުން ފައިދާ ކުރާނީ އެވެސް ބޭނުން ކުރަންވާ ހަމައިގައި އެބޭނުން ކުށްގެންނެވެ.