ދުނިޔެ

ޓްރަމްޕްގެ މެނޭޖަރު ތުހުމަތުތަކުން ސަލާމަތްވެއްޖެ

ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ރިޕަބްލިކަން ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ކުރިމަތިލާން މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮނާލްޑް ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރު ކޯރީ ލެވަންޑޮސްގެ މައްޗަށް ދައުވާ ނުކުރަން ފްލޮރިޑާގެ ޕްރޮސިކިއުޓަރު ނިންމައިފި އެވެ.

ކޯރީ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިޝޭލް ފީލްޑްސް ކިޔާ ނޫސްވެރިޔަކު ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައެވެ. އޭގައ ބުނެފައިވަނީ، މިދިޔަ މަހުގެ އަށް ވަނަ ދުވަހު ބޭއްވި ޓްރަމްޕްގެ ކެމްޕެއިން އިވެންޓެއްގައި އެ ނޫސްވެރިޔާގެ އަތުގައި ވަރަށް ބާރަށް ހިފާ އަނިޔާކޮށްފައިވާ ކަމަށެވެ. ނޫސްވެރިޔާ ބުނާ ގޮތުގައި ކޯލީ އޭނާއަށް އަނިޔާކުރީ، ޓްރަމްޕް ވަށާލައި ނޫސްވެރިން ތިއްބާ، އޭނާ ސުވާލުކުރަން އުޅުމުންނެވެ.

ކޯރީގެ މައްޗށް އުފުލި ދައުވާ އަނބުރާ ގެންދަމުން ޕްރޮސެކިއުޓަރު ބުނީ މިޝޭލް އަށް އެކަށީގެންވާ ވަރަށް ހެކި ހުށަނޭޅޭ ކަމަށެވެ.

ކޯރީ ހައްޔަރުކުރުމާއެކު ޓްރަމްޕްވަނީ ކޯރީގެ ކުށެއް ނެތް ކަމަށްބުނެ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.