ރިޕޯޓް

ޑޮކިއުމެންޓްރީ ސީރީޒް ވީތީ: ނޫސްވެރިންގެ ޖަޒުބާތާއި އުދާސް

ނޫސްވެރިޔަކަށް ވީތީ މިއަދު ކުރެވެނީ ކޮން ކަހަލަ އިހްސާސެއްހެއްޔޭ ސުވާލުކޮށްލުމުން ވަރަށް ގިނަ ނޫސްވެރިން ބުނީ، ނޫސްވެރިޔެއްގެ ބެޖުގައި ފަހުރުވެރިވާން ކިތަންމެ ބޭނުންވިޔަސް އެ ފުރުސަތު މިއަދަކު އެމީހުންނަށް ނެތް ކަމަށެވެ. މީގެ އިތުރަށް ވެސް ވަރަށް ގިނަ އެހެން ކަންބޮޑުވުންތަކެއް ވެސް އެ ފަރާތްތަކުން ބަންޑުންކޮށްލި އެވެ.

އަޅުގަނޑުމެން އަލަށް ފަށާ މިނީ-ޑޮކިއުމެންޓްރީ ސީރީޒް، ވީތީގެ ފުރަތަމަ އެޕިސޯޑް މިއޮތީ ޔަގީނަށް ވެސް ނޫސްވެރިންގެ އެ ކަންބޮޑުވުންތަކާ އެކު ފޯވެފަ އެވެ.

އެކަމަކު އޭގެ ކުރިން، މި އެޕިސޯޑް އުފެއްދުމުގެ މަސައްކަތުގައި ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުން އަދި ވަކިން ހާއްސަކޮށް މި ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް "އަވަސް" އިން އެކަމަށް ނިކަން ބޮޑަށް ޝުކުރުއަދާކުރާ ވާހަކަ ދަންނަވަމެވެ.

މުޖުތަމައުގެ އެކި ދާއިރާތަކަށް ނުވަތަ މައްސަލަތަކަށް އަލިއަޅުވައިގެން "ވީތީ" ގެ އެޕިސޯޑްތައް އޮންލައިންކޮށް ޝާއިއުކުރަމުން ގެންދާނީ އަވަސް ވީކެންޑްގެ ދަށުންނެވެ.