ޔަމަނުގައި މިހާރު ކުރިއަށްދާ ދާހިލީ ހަނގުރާމަ މެދުކަނޑާލާ ސުލްހައިގެ ވާހަކަތައް ފަށަން އެއްބަސްވެއްޖެ އެވެ. ސުލްހައިގެ ވާހަތަކައް ފަށާގޮތަށް ނިންމާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.
ތޭރަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ މި ހަނގުރާމަ ހުއްޓުވުމަށް މީގެކުރިންވެސް އދ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ލިބޭގޮތްވަނީ ނުވެފަ އެވެ. މިހަގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު 2.8 މިލިއަން މީހުންނަށްވަނީ އެމީންގެ ގެތަކުން ނުކުމެ އެހެން ތަންތަނަށް ދިއުމަށް މަޖުބޫރުކޮށްފަ އެވެ.
ސުލްހައިގެ ވާހަކަތައް ފަށަން ވަގުތު ކުޑަތަންވެފައިވާއިރު އދ. އާއި އިރާނާއި ގުޅިފއި އޮންނަ ހޫތީ ޖަމާއަތުންވަނީ ވާހަކަތަކުގައި ބައިވެރިނުވާނެ ކަން އަންގާފަ އެވެ. އެޖަމާއަތުން ވަނީ މީގެ ކުރިން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔަ ތިން ފަހަރުވެސް ބައިވެރިނުވެފަ އެވެ. ކުވޭތުގައި ކުރިއަށްގެންަން ހަމަޖެހިފަިއވާ މި ވާހަކަތަކުގައި ހައްދުފަހަނައަޅާފައިވާ ޖިހާދީ ގުރޫޕުތަކުން ބައިވެރިއެއް ނުކުރެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފެށި ސުލްހައިގެ ވާހަކަތައް ހަ ދުވަހަށް ދިގުދެމިގެން ދިޔައިރު އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ. ނަމަވެސް މިފަހަރުގެ ވާހަކަތަކުގައި މައްސަލަ ވަރަށް "ހޫނު" ވާނެ ކަމަށް ޔަމަނުގެ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވެ އެވެ.
"މިފަހަރުގެ ބައްދަލުވުމުގައި ދެފަރާތުންވެސް ހުށަހެޅުންތަކެއް ހުޅަހަޅާނެ ކަމަށް ބެލެވޭ، އަދި އޭގެ ފަހުގައި ދެފަރާތުގެ ދެމެދު އިތުބާރު އުފެދި ގުޅުން ރަނގަޅުވެ އަދި އެނބުރި ސަންއާ އަށް އައިސް ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ނިންމޭނެ ވަރުވާނެ ކަމަށް ބެލެވޭ" އޮފިޝަލް ބުނެފައިވެ އެވެ.
ޔަމަނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް އަސްކަރީ ސިފައިންގެ 35 ހަނގުރާމަވެރިންވަނީ މަރުވެފަ އެވެ.