ދިރާގު

ދިރާގުން ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދެނީ

ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓްގެ އިތުރު ޑާޓާ އެލަވަންސް ދޭން ދިރާގުން ނިންމައިފި އެވެ. ދިރާގުން ބުނީ "ދަ ބިގް ބައިޓް ގިފްޓް"ގެ ނަމުގައި ދޭ މި އެލަވަންސް މި ހިނގާ އޭޕްރިލް މަހާއި އަންނަ މަހު ދޭން ނިންމާފައިވާ ކަމަށެވެ.

މި އެލަވަންސާއި ބެހޭގޮތުން ދިރާގުން ބުނީ މި އޭޕްރިލް މަހުގެ އެލަވަންސަށް އެ ކަސްޓަމަރަކު މިހާރު ބޭނުން ކުރާ ޕެކޭޖުގެ 25 ޕަސެންޓް އިތުރު ޑޭޓާ މިހާރުން ފެށިގެން ލިބިފައިވާނެ ކަމަށާއި، އަދި މެއި މަހުގެ އެލަވަންސް މެއި މަހުގެ އެއް ވަނަ ދުވަހު ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ފައިބަރު، އަލްޓްރާ ފާސްޓް، އަދި އޭޑީއެސްއެލްގެ ހިދުމަތް ބޭނުން ކުރާ ހުރިހާ ރެސިޑެންޝަލް އަދި ބިޒްނަސް ކަސްޓަމަރުންނަށްވެސް ދިރާގުގެ "ދަ ބިގް ބައިޓް ގިފްޓް" ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މި ހަދިޔާއަކީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް އަލަށް ނަގާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ހަދިޔާއެއް ކަމަށެވެ.