ހޮލީވުޑް

2023 ގެ ނިޔަލަށް އެވެޓާގެ ހަތަރު ފިލްމެއް ނެރެނީ!

ދުނިޔޭގެ ސިނަމާގައި މިހާތަނަށް ނެރުނު އެންމެ ބޮޑު ފައިދާއެއް ހޯދާ އަދި އެތައް ރިކޯޑުުތަކެއް މުގުރާލާފައިވާ ފިލްމު "އެވެޓާ"ގެ އިތުރު ހަތަރު ފިލްމު ހަދަން ނިންމައިފި އެވެ.

އެވެޓާގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2009 ވަނަ އަހަރުގަ އެވެ. އެފިލްމުގެ ޑައިރެކްޓަރު ޖޭމްސް ކެމަރަން ބުނީ އެވެޓާގެ ވާހަކަ ކިޔައިދޭން އިތުރު ހަތަރު ފިލްމު އުފައްދަން ޖެހޭ ކަމަށެވެ. އެންމެ ފުރަތަމަ އޭނާ ނިންމީ އިތުރު ދެ ފިލްމު ހަދަން ކަމަށާއި ނަމަވެސް ދުނިޔޭގެ މަޝްހޫރު ހަތަރު ސްކްރީންރައިޓަރުންނާ އެކު ކުރިއަށްގެންދިޔަ ބައްދަލުވުމަށްފަހު މި ވާހަކަ ކިޔައިދޭން އިތުރު ހަތަރު ފިލްމު ހަދަން ނިންމީ ކަމަށެވެ.

ދެއެއް ޕޮއިންޓު އަށެއް ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދި މި ފިލްމުގައި ސޭމް ވޯތިންގްޓަން އާއި ޒޯއީ ސަލްޑާނާ ހަރަކާތްތެރިވި އެވެ. މި ފިލްމުގެ ދެވަނަ ބައި ސިނަމާތަަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2018 ގައެވެ. މިފިލްމު ފުރަތަމަ ނެރެން ހަމަޖައްސާފއިވަނީ މިއަހަރު ފަހުކޮޅު އެވެ. އެހެން ނަމަވެސް ފިލްމުގެ ސްކްރިޕްޓް ލިޔަން ވަގުތު ނަގާތީ ފިލްމް ވަނީ ލަސްކޮށްފަ އެވެ.

އެވެޓާގެ އިތުރު ފިލްމުތައް 2020 އާ 2022 އަދި 2023ގައި ރިލީޒްކުރަން މިހާރުވަނީ ނިންމާފަ އެވެ.